މާލޭގައި އަންހެނަކު ފޯނު ވިއްކާ ފިހާރައަކަށް ވަދެ ފިރިހެނަކަށް ވަޅިން ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 11:02 ގައި ކަމަށެވެ. އެ މައްސަލާގައި 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގެ އެވެ.
ޑީކޭއިން ބުނީ މި ހަމަލާގައި ޒަހަމްވި މީހާއަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދަރުވާ ވީޑިއޯއިން ފެންނަނީ މާލޭގެ ފޯނު ވިއްކާ ފިހާރައަކަށް އަންހެނަކު ވަދެ އެތަނުގެ ފިރިހެން މުވައްޒަފަކާ ވާހަކަ ދައްކާ މަންޒަރެވެ. އިރުކޮޅެއް ފަހުން އެ އަންހެން މީހާ ވަޅިއެއް ނަގައި ކުއްލިއަކަށް މުވައްޒަފުގެ ކަރުގައި ވަޅި ދަމާލުމަށް ފަހު އޭނާ ނުކުމެގެން ދަނީއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.


