އެމްޑީޕީއަށް މީހުން ވެއްދުމުގައި ޤައުމީ މަޖިލީހުގެ 50 ޕަސެންޓް ހޯދައިގެން ވަކި މީހަކު ޕާޓީއަށް ވެއްދުމަކީ އެމްޑީޕީ ދަންނަކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއަށް ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީއަށް މީހުން ވަނުމަށް ވަކި އުސޫލުތަކެއް ހެދިފައިވާކަމަށެވެ. އަދި ޕާޓީއަށް ވަންނަން އެދޭނަމަ އަމަލުކުރަންވީ އެ އުސޫލުތަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ޤައުމީ މަޖިލީހުގެ 50 ޕަސެންޓް ލިބިއްޖެނަމ އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުރިކަމަށް ކުރީގެ ރައީސް މުހައްމަދ ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ސާލިހް ވަނީ ޕާޓީއަށް މީހުން ވެއްދުމަކީ އެމަނިކުފާނު ކުރާ ކަމެއް ނޫންކަމަށާއި އެކަން ނިންމާނީ ޕާޓީގެ އުސޫލުތަކުން ކަމަށް ވިދާޅުވެފަ އެވެ.


