Tuesday, 28 July 2026

ގަޑި ހަމަވެ، ގިނަ ވޯޓުފޮށިތަކުގެ ކިއު ބަންދުކޮށްފި!

ޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވެ، ގިނަ ވޯޓުފޮށިތަކެއްބަންދުކޮށްފި އެވެ. ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.

ފަހެއްޖެހުމާއެކު، ކިއު  ބަންދުކުރި އިރު ކިއުތަކުގައި ތިބީ ވަރަށްވެސް މަދު މީހެކެވެ. ފަހެއް ޖަހާއިރު ކިޔޫގައި ތިބި މީހުން ނޫން އިތުރު ބަޔަކަށް އެއަށް ފަހު ވޯޓުލުމުގެ ފުރުސަތު ނުދޭނެ ކަމަށް މިއަދު ހެނދުނު އީސީން ވަނީ ބުނެފަ އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282,804އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ 144،410 ފިރިހެނުންނާއި 138،394 އަންހެނުންނެވެ.

މި ބުރުގައި ވާދަކުރައްވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *