ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލޭތެރޭގައި އިތުރުވަމުންދާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އޮޕަރޭޝަން ބްލޫ ވޭވްގެ ދަށުން ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގައި ންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ވަނީ ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބާ ގުޅުން ހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ބުނެފަ އެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މީގެކުރިންވެސް ވަނީ ބައެއް ހަމަނުޖެހުންތަކާއ ގުޅިގެން މީހުން ހައްޔަރުކޮށްފައިވާކަމަށް ބުނެފަ އެވެ.


