ލ. ފޮނަދޫގައި ވޯޓު ކަރުދާސް ދޫކުރިއިރު އޮފިޝަލަކު އެ ކަރުދާސްކޮޅުގައި ރޮނގެއް ދަމާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ވޯޓުލުން މެދުކެނޑިއްޖެ އެވެ.
މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ފޮށީގެ ވޯޓުލުން މެދުކަނޑާލާފައި ވާއިރު، އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި މައްސަލައާ ގުޅިގެން އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.


