ހުޅުމާލެ ދެވަނަ ފިޔަވަހިން ކުޑަކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
އެނގިފައިވާގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 12 އަހަރުގެ ރ. މާކުރަތު، ޢައިޝާ ބިންތް މަޙްމޫދު ރިޔާޒެވެވެ. އަދި ރޭ ދަންވަރުން ފެށިގެން އައިޝާގެ ހަބަރެއް ނުވކަމަށް ވެސް އެނގިފަ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ވަނީ ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ރިޕޯޓް ކުރުމާ އެކު ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެއެވެ.


