Tuesday, 28 July 2026
ޕީއެންއެފްގެ ހަރަކާތެއްގެ ތެރެއިން -- ސޯޝަލް މީޑިއާ

ތަކުރާރުކޮށް ގާނޫނާ ޚިލާފުވާތީ ޕީއެންއެފް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފިޔަވަޅު އަޅާފައިވަނީ ސޯފާއެއް ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ޖަގަހަ ސަރަހައްދުގައި އެއްވުންތައް ބޭއްވުމުގެ ސަބަބުންނެވެ. ކޮމިޝަނުން ބުނާގޮތުގައި މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އެހެން ޕާޓީތަކުގެ ބައްދަލުވުންތަކަށް ހުރަސްއެޅުން މަނާކުރާ މާއްދާތަކާ ޚިލާފު އަމަލެކެވެ.

މި މައްސަލައާ ގުޅިގެން ޕީއެންއެފްގެ ފަރާތުން ވަނީ އެ ޕާޓީއަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މިއީ ސަރުކާރުގެ ނުފޫޒުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމެކެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އިލްތިމާސްކުރަމުންދާއިރު، ގާނޫނާ ޚިލާފުވާ ޕާޓީތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ކޮމިޝަނުން ވަނީ މީގެ ކުރިން ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *