Tuesday, 28 July 2026
(ކަނާތްފަރާތުން) އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ -- ފޮޓޯ: މިހާރު، (ވާތްފަރާތުން) އަދަދު ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު -- ފޮޓޯ: ސީއެންއެމް

"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި "އަދަދު" ނޫހުގެ އިސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި

އޮންލައިން ނޫސް "އަދަދު" އިން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާ އުފުލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ މި ޑޮކިއުމެންޓްރީގެ މައްސަލައިގައި މި ދެ ބޭފުޅުންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ހިމެނޭ އެއްވެސް ވާހަކައެއް އާންމުކުރުން މަނާކޮށް އަމުރެއް ނެރެފައެވެ. މުޖުތަމައުގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި އަބުރު ރައްކާތެރިކުރުމުގެ ގޮތުން ނެރުނު މި އަމުރުގައި ވަނީ، އެ ވީޑިއޯ ދައުރު ނުކުރުމަށާއި އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އާންމުންނަށް އަންގާފައެވެ.

އަދި މި އަމުރާ ހިލާފުވާ ފަރާތްތަކާމެދު ކޯޓުގެ ހުރުމަތް ކެނޑުމުގެ ފިޔަވަޅު އެޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *