Tuesday, 28 July 2026
ސިފައިންނަށް 134 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ރިޓަޔަމަންޓް ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެންނަނީ

ސިފައިންގެ ރިޓަޔަމަންޓް ގަވައިދަށް އިސްލާހު ގެންނަވައި، ޚިދުމަތްކުރި އަހަރުގެ އަދަދަށް ބަލައިގެން ޕެންޝަން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވަން ގަސްދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ސިފައިންގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން، ސިފައިންގެ އާއިލާތައް ދިރިއުޅޭ ސަރަހައްދުގައި ދާއިމީކޮށް ޚިދުމަތްކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށާއި، ޒުވާނުން ސިފައިންގެ ޚިދުމަތަށް ނެރުމަށް ބަޖެޓު ހަމަޖައްސަވައިދެއްވާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ސިފައިންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

"އެހެންވީމާ ސިފައިންގެ ރިޓަޔަމަންޓް ގަވައިދު، މި ދެންނެވި ގޮތަށް، ޚިދުމަތްކުރި އަހަރުގެ ނިސްބަތުން އެ ލިބޭ ބެނެފިޓް ކަނޑައަޅާ ގޮތަށް އިރާދަކުރެއްވިއްޔާ ގަވައިދު އިސްލާޙުކުރަން ވެސް ގަސްދުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވަކި ރޭންކެއްގައި ގިނަ ދުވަހު ހުރުމުން ވަޒީފާއިން ވަކިވާންޖެހޭ އުސޫލު ވެސް ބަދަލުކުރައްވާނެ ކަމަށެވެ. މި ބަދަލާއެކު، ގިނަ ދުވަހު ޚިދުމަތުގައި ދެމިތިބެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިވެގެންދާނެއެވެ..

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *