ގއ. ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓައި ފިލި މީހަކު، ފުލުހުން ކުރި މަސައްކަތުން އަލުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ވިލިގިލީގައި ފުލުހުންގެ ބަންދުގައި ހުރި އެ މީހާ ފިލާފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އޭނާ ފިލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ނަމަވެސް، އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން މިހާރު އޭނާ ވަނީ އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.


