Tuesday, 28 July 2026
ހަންޓާވައިރަސް -- ފޮޓޯ: ދަ އައިރިޝް ޓައިމްސް

ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް ވަރަށް ކުޑަ: އެޗްޕީއޭ

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ޝިޕަކުން ފެނުނު ހަންޓާވައިރަސްގެ ނުރައްކާ ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޕެއިންގެ ޓެނެރީފް އައިލެންޑަށް ދަތުރުކުރި "އެމް.ވީ ހޮންޑިއަސް" ބޯޓުން ފެނުނު މި ބަލީގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން މޮނީޓާ ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައިނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ބައްޔަކީ އާންމު ގޮތެއްގައި މީދާ އާއިލާގެ ތެރޭގައި ފެތުރޭ އެއްޗަކަށް ވާއިރު، އިންސާނުންނަށް މި ވައިރަސް ވާސިލްވަނީ ވަރަށް ނާދިރު ހާލަތްތަކުގައެވެ.

މި ބަލި ޖެހިފައިވާ މީދަލުގެ ނަޖިހާއި ކުޅުގެ ޒަރީއާއިން އިންސާނުންގެ ހަށިގަނޑަށް ވައިރަސް ވަދެއްޖެ ނަމަ، ނޭވާލާ ނިޒާމާއި ކިޑްނީއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ މިއީ ފެތުރުމުގެ ފުރުސަތު ކުޑަ ވައިރަހެއް ކަމަށެވެ. އެ ބޯޓުން ބަލި ޖެހުނު މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ވެސް ބައްޔަށް ނެގެޓިވްވެފައިވާކަން އެ ޖަމްއިއްޔާއިން ފާހަގަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *