Tuesday, 28 July 2026
އޮރެންޖް ހިޔާގައި ތަރައްޤީކުރި ޒަމާނީ ތެލެސީމިއާ ސެންޓަރު ރައީސް ހުޅުއްވައިދެއްވަނީ --

ތެލެސީމިއާ ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަން އިސްކުރުން ހަނދާންކޮށްދޭ ދުވަހެއް: ރައީސް

ތެލެސީމިއާ މި ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ހަނދާންކޮށްދޭ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅވެއްޖެއެވެ.  ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަހާއި ގުޅިގެން ސްމީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ބަދަހި ޤައުމެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ރައީސްގެ މެސެޖުގައި ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ ވެސް އާއިލާގެ މެމްބަރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ޒިންމާއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ތެލެސީމިއާ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް" އެވެ. މީގެ މާނައަކީ އިތުރަށް ފޮރުވުމެއް ނެތި ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އޮރެންޖް ހިޔާގައި މިހާރު ވަނީ ޒަމާނީ ތެލެސީމިއާ ސެންޓަރެއް ޤާއިމުކޮށްފަ އެވެ. މީގެ އިތުރުން، މި ބަލި ތަހައްމަލުކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަހަކު 2,000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *