Tuesday, 28 July 2026
ގެއްލިގެން ހޯދާ 15 އަހަރުގެއަންހެން ކުއްޖާ-- ފޮޓޯ: ފުލުހުންގެ އިދާރާ

ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ މާލެއަށް ނިސްބަތްވާ، ހމ. ފްލެޓްނަންބަރު 05-3-2، ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ.

އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އަލްޔާ މިހާރު ދިރިއުޅެނީ ހުޅުމާލެ ހިޔާ ޓަވަރު 16 ގައެވެ. އޭނާ ގެއިން ނުކުމެގެން ގޮސްފައިވަނީ 2026 މެއި 05 ވަނަ ދުވަހުގެ ހަވީރު 16:15 ހާއިރު ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އަލްޔާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.

ފުލުހުން ބުނީ، ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ އަދި ފެނިފައެއް ނުވާ ކަމަށެވެ. އެހެންކަމުން، ޢާއިޝަތު އަލްޔާ ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

އަލްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *