Tuesday, 28 July 2026
އޮރިޔާން ކާޑު ތައްޔާރުކޮށް، އެ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައެއްގައި ޖަލަށް ލާން ހުކުމްކުރި މީހާ -- ފޮޓޯ: ފުލުހުން

އޮރިޔާން ކާޑު ހަދައި ބްލެކްމެއިލް ކުރި މައްސަލައެއްގައި އަންހެނަކު ހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އޮރިޔާން ކާޑު ތައްޔާރުކޮށް، އެ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައެއްގައި އަންހެނެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ހަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމް އިއްވާފައިވަނީ މާލެ، ގ. ސައުތުބްރީޒް، މަރްޔަމް ރިޔާސާގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ރިޔާސާ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށްވެސް އިއުތިރާފުވެފައެވެ. އޭނާގެ އިއުތިރާފާ ގުޅިގެން ކޯޓުން ނިންމާފައިވަނީ އެ ދެ ކުށްވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން، ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހެންކަމުން، ދެ ދައުވާ އެއްކޮށްލުމުން އޭނާ ތަންފީޒު ކުރަންޖެހޭނީ ޖުމްލަ ހަ އަހަރު ދުވަހުގެ ޖަލު އަދަބެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *