Tuesday, 28 July 2026

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ވޯޓް ކާމިޔާބުވާނެ ކަމުގެ ޔަގީކަން އެބައޮތް – އަބްދުއްރަހީމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ވޯޓް ކާމިޔާބު ކުރައްވާ، އަންނަ މަހު 28 ގައި އެކުލަވާލާ މަޖިލީހުގެ ރައީސްކަމަށް ހޮވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަދި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް އޮންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ފޮނަދޫގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ އެމަނިކުފާނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާން ނިއްމާފައިވާ ކަށާއި އަދި އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.

މި ސަރުކާރުގެ ކެބިނެޓްގައި ހައްދުށް މައްޗަށް ނިސްޕަތްވާ ދެ މިނިސްޓަރުން ތިބުމަކީ ހައްދުއްމަތި ފަހުރުވެރުވާ ކަމެއްކަމަށާއި މި ސަރުކާރުގައި ހައްދުށްމަތީގެ ތާރީހު ބަދަލުވާފަދަ ކުރިއެެރުމާ ތަރައްގީ އައްނާނެ ކަމަށް މިސަރުކާރު ގެއްނަން އެއްމެ ބުރަ މަސައްކަތް ކުރެއްވި ރައީސް އެއްމެ އިތުބާރުކުރާ އެއްމެ އަރިސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިއްޔެ ހަވީރު ފޮނަދޫ ދާއިރާގެ ގުޅިފައިވާ ރައްތަކުގައި ކުރިޔަށްދިޔަ ސައިކަލު ބުރުނިއްމާފައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމްގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ ބައްޕައަށް މަޖިލީހުގެ ރައީސްކަމުގެ ވޯޓް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން ހުވާކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އެ ދުވަހު އެ ބޭފުޅުން ހުވާކުރެއްވުމަށް ފަހު، ފުރަތަމަ ކަމަކަށް އޮންނާނީ އެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. އެކަން ނިންމާނީ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސިޕަރ މެޖޮރިޓީ ސަރުކާރު ހިންގާ ޕީއެންސީ ނަގާފައިވާތީ މަޖިލީހުގެ ރައީސް އަދި ނައިބް ރައީސަށް އެޕާޓީއިން ބޭނުން މީހެއްލުމުގެ ފުރުސަތު އޮއްނާނެ އެވެ.

20 ވަނަ އައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ކުރިމަތި ލައްވަން އުޅުއްވާކަމަށް ފާޅުގައި އަދި މިހާތަނަށް ވިދާޅުވީ އަބްދުއްރަހީމް އެކަންޏެވެ.

އަބްދުއްރަހީމަކީ 18 ވަނަ އަދި 17 ވަނަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *