Tuesday, 28 July 2026

ފަރުހަތުގެ ކެމްޕެއިން އޮފީހުގައި ހުޅުޖެހި މީހާ އެއާޕޯޓުގައި ހުއްޓާ ހައްޔަރު ކޮށްފި!

ކުޅުދުފުށީ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ފަރުހަތު މުޙައްމަދުގެ ކެމްޕެއިން ޖަގަހާގައި ހުޅުޖެހި މީހާ ފިލައިގެން ދާން އެއާޕޯޓުގައި ހުއްޓައި ހައްޔަރު ކޮށްފިއެވެ.

ފުލުހުން ރޭ ވިދާޅުވީ ކުޅުދުފުށީ ކެމްޕެއިން އޮފީހުގައި ހުޅުޖެހި ކަމުގެ ތުހުމަތުވާ މީހާ ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުންވެސް ހާޒިރު ނުވެ ބޭރަށް ފުރައިގެންދާން އެއާޕޯޓަށް ގޮސް ހުއްޓާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މަހު 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ޕީއެންސީ ކެނޑިޑޭޓްގެ ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އަންވަރު މުހައްމަދު، 31، އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކަށް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް ދިފާއުގައި އަންވަރު ބުނެފައި ވަނީ އޭނާ ރަށުން ދިޔައީ ފިލައިގެން ނޫން ކަމަށާއި ރާއްޖެއިން ބޭރަށް ދާން އުޅުނީ ދަރިފުޅު ޑޮކްޓަރަށް ދައްކަން ކަމަށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ ދިހަ ދުވަސް ޖަހާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *