Tuesday, 28 July 2026

މުދަލު ޒަކާތް އަވަހަށް ދެއްކުމަށް ހުތުބާގައި ގޮވާލައިފި

މުދަލު ޒަކާތް ނެރުމުގައި އަވަސްވެގަތުމަށް ހުކުރު ހުތުބާގައި މިއަދު ގޮވައިލައްވާފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވީ ދައުލަތުގައި ހަރުދަނާ ޒަކާތް ނަގައި އޭގެ ހައްގުވެރިންނަށް ރައްދު ކޮއްދިނުމުގެ ހަރުދަނާ ނިޒާމެއް ގާއިމްވެފައިވާ ކަށާއި، މުދަލު ޒަކާތަކީ ޒަކާތް ދައްކަން ޝަރުތު ހަމަވާ އެއްމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި ދައުލަތަށް މުދަލު ޒަކާތް ދެއްކުމުގައި އަވަސްވެ ގަތުމަށް ހުތުބާގައި ގޮވާލައްވާފައިވެއެވެ.

ބައެއް މީހުން މުދަލު ޒަކާތް ދެއްކުމާ ދެކޮޅު ހަދަމުންދާ އާއިލީ މީހުންނާ އަދި އެނޫންވެސް ފަގީރުންނަށް ޒަކާތް ދިނުމުން ނިމުނީކަމަށް ބުނަމުންދާއިރު ހުތުބާގައިވަނީ ދީނުގައި އޮތް ގޮތުން ސަރުކާރަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ ފަރާތުގެ ކިބައިން ހައްގު އަދާވާ ކަމަށް ބުނެފައެވެ.

ބައެއް މީހުން ޒަކާތް ދެއްކުމަށް ދެކޮޅު ހަދާ އެއްސަބަބަކީ އެމީހާއަކީ މާ ބޮޑު ވިޔަފާރިވެރިއަކަށް ނުވުންކަމަށް ބުނެފައެވެ. ނަމަވެސް މުދަލު ޒަކާތަކީ ދީނުގެ ރުކުނެއް ކަމަށްވާއިރު މިކަމަށް މީހުން އެކަށީގެންވާ ވަރަށް ހޭލުންތެރި ވެފައި ނުވާކަމަށް ބުނެފައެވެ. އަދި ބައެއް މީހުން ދެކޭގޮތުގައި ފިތުރު ޒަކާތް އެކަނި ދެއްކުމުން ފުދޭނެ އެވެ. ނަމަވެސް މުދަލުގެ ނިސޯބު ހަމަވެ އެއް އަހަރު ވެއްޖެ ކޮންމެ މީހެއް މުދަލުގެ އަށް ބައިކުޅަ އެއްބައިން މުދަލު ޒަކާތް ދައްކަން ޖެހެއެވެ.

”އިލްމުވެރިން ވިދާޅުވާ ގޮތުގައި ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިންމާއިން ބަރީއަވާނެ އެވެ. ތާބިއީ ބޭކަލެއް ކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައިވެއެވެ. 'ވެރިމީހާ ޒަކާތް ނަގައިފިނަމަ، ފަހެ، ތިބާގެ ކިބައިން އެކަމުގެ ޒިންމާ ކެނޑިގެން ހިނގައްޖެއެވެ “

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *