ހދ. ވައިކަރަދޫ ފަޅަަށް ވަތް މުށިމަސްތައް ފަޅުތެރެއިން ނުނިކުމެވި މަރުވެ ފަޅުތެރެ ކުނިވެއްޖެ އެވެ.
ވައިކަރަދޫ ކައުންސިލްއިން މިއަދު ވިދާޅުވީ އެ ރަށުފަޅަކީ އާންމުކޮށް މަސް ވަންނަ ފަޅެއް ކަމަށާއި އާންމުކޮށް މަސްތައް ފަތިހު ވަދެފައި އިރުއޮއްސެން ވާއިރަށް ނުކުންނަ ކަމަށެވެ.
ނަމަވެސް ރޭ ފަޅުތެރެއަށް ވަތް މަސްތަށް ނުކުއްނަ ގަޑީގައި މޫދުގެ ލޮނުގަޑު އުފުލުމުގެ ސަބަބުން މަސްތަކަށް އިރުއޮއްސެންވީިއިރު ވެސް ނުނިކުމެވު ތާށިވީކަމައް އެކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް ވިދާޅުވި އެވެ.
ވައިކަރަދޫ ކައުންސިލްއިން ވިދާޅުވީ މަސްތަށް އެރި ގަޑީގައި ގިނަ އަދަދެއްގެ މީހުން ފަޅުތެރަށް ވަން މަސްތަކުގެ ބޮޑުބަޔެއް ހިފިކަމަށާއި އަދި މަރުވެ ކުނިވީ ނުހިފުނު މަސްތަށް ކަމަށެވެ.
އިއްޔެރޭ ފަތިހުވަތް މަސްތަކަށް އިރުއޮއްސުނުއިރު އިރުއޮއްސުނު އިރު ނުނިކުމެވި މިޔަދު ހެނދުނު ކުނިވެގެން މައްޗަށް އަރާފައިހުރި މަސްތަކުގެ ބޮޑު ބަޔެއް ރައްޔިތުންވަނީ ސާފުކޮއްފަ އެވެ. ނަމަވެސް މުޅިން ސާފުވެފައި ނުވާތީ ނުބައިވަސް މުޅި ހިސާބުގައި ހިފާފައިވާ ކަމަށް ކައުންސިލްއިން ވަނީ ވިދާޅުވެފައެ.
ހެނދުނު ކައުންސިލާއި ރައްޔިތުން ގުޅިގެން ނަގައިގެން ވަޅުލިން ދެ ޕިކަޕަށް ވުރެ ގިނަ މަސް، ޖޭސީޕީ 10 ލޯޑުވަރު ގެންދިޔައިން. މިހާރު މުޅި ފަޅު އެއްކޮށް ކުނިވެފައި އޮތީ، މީހުންނަށް އުޅެން އުނދަގޫވާ ވަރަށް،" އޭނާ ވިދާޅުވި އެވެ
އެރަށުގެ ބަނދަރަކީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން އެއްވެސް ވަރަކަށް އޮއި ނުދެމޭ ގޮތަށް ހަދާފައިވާ ބަދަރެއް ކަމަށާއި ކޮއްމެ އަހަރަކުވެސް މިގޮތަށް މަސްވަދެ ބައެއް ފަހަރަށް ކުނިވާތީ އެމައްސަލަ ނިމިދިޔަ ސަރުކާރާ މި ސަރުކާރަށް ވެސް ހުށައަޅާފައި ވާނެކަމަށް އެ ކައުންސިލް ނައިބް ރައީސް ވިދާޅުވި އެވެ.


