Tuesday, 28 July 2026

ތުރުކީ މާކެޓުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރުސަތު ބޮޑަށް ފަހިކުރުމުގެ މަސައްކަތް ދަނީ ކުރަމުން – މިނިސްޓަރ ސައީދު

ތުރުކީ މާކެޓުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް އިސްކަން ދެވިގެންދާނެ ކަމަށާއި ފަސޭހަކަމާއެކު ރާއްޖެއަށް މުދާ ގެނެވޭނެ ގޮތްތައް ހޯދުމަށް އެއްބަސްވުންތަކުގައި ސޮއިކުރެވި މަސައްކަތްތަށް ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދުގެ އަމިއްލަ "އެކްސް" އެކައުންޓުގައި ކޮއްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ތުރުކީ މާކެޓުން ރާއްޖޭގެ ވިޔަފާވެރިންނަށް މުދާ ގެނައުމުގައި ހުރި ދަތިތައް ނައްތާލުމަށާއި އަދި ބައެއް ޑިއުޓީތައް މާފުކުރުމަށް ތުރުކީއާއެކު މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މިސަރުކާރު އައިފަހުން ފެންނަނީ ތުރުކީއާ ވަރަށް ގުޅުން ބޮޑުކޮށެވެ. ސަރުކާރުން ވަނީ މިފަހުން ތުރުކީއިން އަސްކަރީ ޑްރޯންތަކެއްވެސް ގެނެސްފަ އެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބޭފުޅުން މިހާރުވެސް ދަނީ ތުރުކީގައި އެކިއެކި ޓްރޭނިންތައް ހަދަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *