ދިވެހި ވިޔަފާރިވެރިންނަށް ތިލަފުށިން ބިން ވިއްކަން މި އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ޒަމާނީ ފެންވަރަށް ވެއަރހައުސް ކޮމްޕްލެކްސްއެއް އެޅުމަށް ސިންގަޕޫރުގެ ކުންފުންޏަކާއި ހަވާލުކުރުމަށް މި ހަފްތާގެ ތެރޭގައި ބޭއްވުނު ކޮންޓްރެކްޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ތިލަފުށިން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންނަށް ކަމަށެވެ.
ފަޒުލް ވިދާޅުވިގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ކުލިތަކަށް ވެސް ބަދަލު ގެންނަންޖެހޭ ކަމަށާއި އެގޮތުން ތިލަފުށިން ދޫކޮށްފައިވާ ބިންތަކުގެ ކުލި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލޭގައި އަޅަން ސޮއިކުރެވުނު ވެއަރހައުސް ކޮމްޕްލެސް އެޅުމަށް ސިންގަޕޫރުގެ ކުންފުންޏާއި ހަވާލުކުރީ ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.


