ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަހަތުގައި ހުންނަވައި އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ރަސްމީކޮށް މިއަދު ރަޖިސްޓްރީ ކޮށްދީފި އެވެ
ޕީއެންއެފް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގަ އެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން މިއަދު އީސީން އެ ޕާޓީ ރަޖިސްޓްރީކޮށް ދިނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގަ އެވެ.
ޕީއެންއެފްގެ ވަގުތީ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް އެޕާޓީގެގެ ރަޖިސްޓްރީގެ ފޮޓޯއަކާ އެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތި އުނދަގުލާއެކު ރަޖިސްޓްރީވި ޕާޓީ ދާނީ ކުރިއަށް ކަމަށެވެ.
ޔާމީން އިސްވެ ސިޔާސީ ޕާޓީއެއް އުފެއްދިއިރު، މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެ މަނިކުފާނުގެ ތާއީދާ އެކު ކުރިމަތިލެއްވި އެއްވެސް ކެނޑިޑޭޓަކަށް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.


