Tuesday, 28 July 2026
ފޮޓޯ: މާލެ ސިޓީ ކައުންސިލް

ގައުމީ ފެންވަރުގައި ތިން ރަށެއްގައި ބޮޑު އީދު ފާހަގަކުރަނީ

ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރަން ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން، ފުރުސަތު ދޭނެ ރަށް ކަނޑައަޅާނީ އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ހަރަދުތަކާއި، އަދި އަގެއް ނުނަގާ އެ ރަށަކުން ކޮށްދޭނެ ކަންތަތަކަށް ބަލައިގެންނެވެ.

މި އަހަރުގެ ބޮޑު އީދުގެ ހަރަކާތްތައް ތިން ރަށެއްގައި ފާހަގަކުރުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯސަލް އެ މިނިސްޓްރީގެ events@mdlch.gov.mv މެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

ޕްރޮޕޯޒަލްގައި ހިމަނަންވީ މައިގަނޑު ބައިތަކުގެ އިތުރުން ޕްރޮޕޯޒަލްއަށް މާކްސް ދޭނެ ގޮތް ވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *