Tuesday, 28 July 2026

ކުރީގެ މޯލްޑިވްސް ގޭސްގެ އެމްޑީ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް އުފުލައި، މައްސަލަ ކޯޓަށް!

ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކުރީގެ މޯލްޑިވްސް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރ މައުމޫން އަބްދުﷲގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް އުފުލަައި ޢޭނާ ބަންދުކޮއްގެން ކޯޓަށް ގެނައުމުގެ މަސައްކަތް ޕީޖީއިން ފަށައިފި އެވެ.

މައުމޫން އަބްދުﷲ 298،403.5 އެމެރިކާ ޑޮލަރު އޭނާގެ އާއިލީ ބައެއް ފަރާތްތަކުގެއާއި އަދި އޭނާއާ ގުޅުން އޮންނަ ބައެއް ކުންފުނިތައް ކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކެއްގެ އެކައުންޓުތަކަކަށް މޯލްޑުވްސް ގޭސްގެ ސަޕްލަޔަރެއް ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކުރަން މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސްގެ ވެރިޔަކަށް މައުމޫން ހުރި އިރު މޯލްޑިވްސް ގޭސްގެ ސަޕްލަޔަރަކަށް އެކި ދުވަސްމަތިން މައުމޫންއާ ގުޅުން ހުރި އެކައުންޓް ތަކަކަށް ފޮނުވާފައިވާ ދެލައްކަ ނުވަދިހަ އަށް ހާސް ހަތަރުސަތޭކަ ތިނެއް ޕޮއިންޓް ފަސް ސެންޓްގެ އެމެރިކާ ޑޮލަރުގެ ފައިސާއަކީ ރިޝްވަތުގެ ފައިސާކަމަށް ބެލެވޭތީ އެމައްސަލައިގާ ހަތް ދައުވައެއް ކުރަން ކޯޓަށް ފޮނުވާފައިވާ ކަމަށް ޕީޖީ އިން ވަނީ މިއަދު ބުނެފައެވެ.

ދައުވާ ލިބޭ މައުމޫނަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެއްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން އިން ޕީޖީއަށް މައުލޫމާތު ދީފައިވާތީ މައުމޫން ޝަރީއަތުގެ އަޑު އެހުންތަކަށް ހާޒިރު ނުވެއްޖެނަމަ އިންޓަޕޯލް މެދުވެރިކޮށް އޭނާ ކޯޓަށް ބަންދުގައި ބަހައްޓައިގެ ހާޒިރުކުރުމުގެ އަމުރަކަށްވެސް ޕިޖީއިން ވަނީ އެދިފައެވެ.

މި ހަތް ދައުވާ މައުމޫންގެ މައްޗަށް ސާބިތު ވެއްޖެނަމަ 22 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

 

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *