Tuesday, 28 July 2026

ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސްއެއް އެޅުމަށް ހަވާލުކޮށްފި

ހުޅުމާލޭގައި ވެއާހައުސް ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްވުމުގައި އެޗްޑީސީއިން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއި ކޮށްފިއެވެ.

މިއަދު ސޮއިކުރެވިގެންދިޔަ މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު އެވެ. އަދި ސިންގަޕޫރުގެ ކޮންޓްރެކްޓަރު ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮންގް އެވެ.

އެޗްޑީސީއިން ބުނީ އެތަން އިމާރާތް ކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތައް ހިމަނައިގެން ކަމަށާއި މި އެއްބަސްވުމުގެ ދަށުން ޒަމާނީ ފެންވަރުގެ ހިދުމަތްތަކާއެކު ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާން ޖެހެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ މި ވެއާހައުސް ކޮމްޕްލެކްސް އަކީ އިންޑަސްޓްރީ އަށް އަންނަ އިންގިލާބީ ބަދަލަކަށް ވާނެ ކަމަށެވެ. މި ހިދުމަތް ދޭން ފެށުމުން ވިޔަފާރިތަކަށް ގިނަ ކުރިއެރުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކޮމްޕްލެސްއަކީ ތަފާތު އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށެވެ. އެގޮތުން ކޫލް ސްޓޯރޭޖް އާއި ކާނާގެ ބާވަތްތަށް ރައްކާކުރާ ފެންވަރު ރަގަޅު ތަންތަނުގެ އިތުރުން އޮފީސް ހެދުމަށް ހާއްސަ ތަން ތަންވެސް މި ކޮމްޕްލެކްސްގައި ހުއްނާނެކަމަށް އެޗްޑީސީއިން ވަނީ ވިދާޅުވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *