Wednesday, 29 July 2026
ފޮޓޯ: ޕީއެސްއެމް ނިއުސް

ނިއުޕޯޓް ވިއު އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބުރިޖް އެޅުމަށް ހެދި ޕްލެޓްފޯމް (ބްރިޖް ވިއު) ގައި ހަދާފައިވާ ނިއުޕޯޓް ވިއު ރެސްޓޯރެންޓް އަތުލާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ނިއުޕޯޓް ރެސްޓޯރަންޓު ހިންގި ސްޓްރާޑާއާ އެކު ސަރުކާރުން 2016 ގައި ވި އެއްބަސްވުމެއްގެ ދަށުން، އެތަން ހިންގަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް އެތަން އަތުލަން ސަރުކާރުން ނިންމާ 2019 ގަ އެކުންފުންޏާ ދެކޮޅަށް އެކުންފުނިން ކުލީގެ ގޮތުގައި ނުދައްކާ އޭރު ހުރި 1.1 މިލިއަން ރުފިޔާ ސަރުކާރަށް ދެއްކުމަށާއި، ތަން ހުސްކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި އޭގެ ފަހުން ސްޓްރާޑާއިން ވަނީ އެ ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށްލާފައެވެ. ނަމަވެސް ހައިކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮއް ހުކުމް ދަމަހައޓާފަ އެވެ.

މިޔަދު ކުރިއަށްދިޔަ ޝަރީޔަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓު ކުރި ހުކުމުގައި ވަނީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހުނު ކުލި ސްޓްރާޑާ އިން ދައްކާފައި ނުވާކަން، އެކުންފުނީގެ ބަހުން އެނގޭ ކަމަށެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން، ސްޓްރާޑާއަށް ދޫކުރި ބިމުން ބައެއް ދައުލަތަށް ނަގާފައިވާތީ ސަރުކާރުން އެ ކުންފުންޏަށް ބަދަލު ދޭންޖެހޭނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް އެ ބަދަލު ދޭން ޖެހޭނެ ގޮތެއް ދެއްކިފައި ނެތް ކަމަށް ވެސް ނިންމާފައި ވެއެވެ.

މި މައްސަލައިގެ ސުޕްރީމް ކޯޓް ބެންޗްގެ ރިޔާސަތު ބެލެހެއްޓެވީ ފަޑިޔާރު އައިޝަތު ސުޖޫން އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *