ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވެއްޖެ އެވެ.
ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ޝާހިދުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އަދި ގަވައިދުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދަވަމުން ގެންދެވިއެވެ.
ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން މައުމޫނާ ވަޖީހުގެ ކައިވެންޏަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޝާހިދުގެ އިތުރުން އެންމެ ދޮއްޓަށް ހުންނެވި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. އެންމެ ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާއެވެ.
މި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވީ އަބްދުﷲ ޝާހިދާއި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ.
ޝައިހް މޫސާ ޖަމީލު ދީދީއަކީ މިވަގުތު ދުނިޔޭގައި ތިއްބެވި ހުރަވީ ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން، އެންމެ ދޮށީ ބޭފުޅާ އެވެ.
ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.


