Tuesday, 28 July 2026

ބާރު ސްޕީޑްގައި ދުއްވި ކާރެއް ފުރޮޅާލައިފި

ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވި ކާރެއް ފޮރުޅާލައިފިއެވެ.

އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 5:35 ހާއިރު ހުޅުމާލޭގައި ކާރު ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނެއްޓިގެންނެވެ.

މި ހާދިސާގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް ކުދިކުދި އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. . އެނގިފައިވާ ގޮތުގައި ފޮރުޅާލާފައިވަނީ ކަޅު ކުލައިގެ ކާރެކެވެ.

މިހާދިސާ ހިނގި ވަގުތުގައި ކާރުގައި 5 މީހަކި ތިބި ކަމުގެ މައުލޫމާތު ލިބިފައިވާއިރު، ހާދިސާ ހިނގީ ސެންޓްރަލް ޕާކް ކައިރިން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވަނީ ކާރު ދުއްވަން އިން މީހާގެ ލައިސެންސް ހިފަހައްޓާ މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ބުނެފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *