Tuesday, 28 July 2026

މަސްތުވާތަކެތި ބުލެޓްތަކެއް ދިރުވާލި މީހެއް ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެނީ: ފުލުހުން

މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ބުލެޓުތަކެއް ދިރުވާލި މީހެއްގެ ހާލު ސީރިޔަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ވިދާޅުވީ މިރޭ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އެމީހާއާާ މެދު ޝައްކުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި މަސްތުވާތަކެތި ދިރުވާލުމުގ ސަަބަބުން އެމީހާގެ ހާލު ސީރިޔަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެއެވެ.

އަދި ހާލު ސީރިޔަސްވެ ފަރުވާދެމުން އަންނަ ފަރާތުގެ އާއިލާއަށް އެކަން އަންގާފަކަމަށް ފުލުހުން ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *