Tuesday, 28 July 2026

ރައީސް އޮފީހުގެ ޗީފް ސްޕޯކްޕާސަންގެ މަގާމަށް ހީނާ!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ސ. ހިތަދޫ ސަންސެޓްވިލާ، ހީނާ ވަލީދު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރައްވައިފި އެވެ.

ހީނާ މިހާރުވެސް ގެންދަވަނީ އެންސްޕާގެ ސީއީއޯކަމުގެ މަގާމުވެސް ފުރުއްވަމުންނެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ހީނާ ރައީސް އޮފީހުގެ ސްޕޯކްޕާސަންގެ މަގާމު ހީނާ ފުރުއްވާނީ މިހާރު އެކަމަނާ ފުރުއްވަމުން އަނަނަ އެންސްޕާގެ ސީއީއޯގެ މަގާމުވެސް ފުރުއްވަމުން ކަމަށާއި ސްޕޯކްޕާސަންކަމުގެ މަގާމް އެކަމަނާ އަދާކުރައްވާނީ އުޖޫރައަކާ ނުލައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުކަމުގެ މަގާމު ހުސްކޮށް އޮންނަތާ ހަތަރުމަހެއްހާ ދުވަސް ވެއްޖެއެވެ. އެންމެފަހުން އެމަގާމުގައި ހުންނެވީ މުހައްމަދު ޝިހާބެވެ.

މީގެ ކުރިން ހީނާ ވަލީދު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރު ކަމާއި، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ. އަދި ރާއްޖޭގެ ގައުމީ މީޑިއާގައި ދިގު މުއްދަތަކު ހިދުމަތް ކުރައްވާފައި ވެއެވެ. ޕަބްލިކް ސާވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަގާމުވެސް ހީނާ ވަލީދު ވަނީ އަދާކުރައްވާފައެވެ.

އަދި ކޮންގްރެސްގެ ތަރުޖަމާނުކަން ވެސް ކުރައްވަނީ ހީނާއެވެ. ނިމިގެންދިޔަ މަޖިލީސް އިންތިހާބު ގައި ކޮންގްރެސްގެ ކެމްޕެއިން ތަރުޖަމާނަކީ ވެސް އެކަމަނާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *