Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް

އަލުން ގުނަންޖެހޭ ވޯޓް ފޮއްޓެއްނެތް: އީސީ

މިދިޔަ އާދިއްތަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން އަލުން ވޯޓު ގުނަންޖެހޭ ވަރުގެ ޝަކުވާއެއް ލިބިފައިވާ އެއްވެސް ފޮއްޓެއް ނެތްކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު ވިދާޅުވީ އިންތިހާބާއި ގުޅިގެން މިހާތަނަށް ލިބިފައިވަނީ ކުދި ޝަކުވާތައް ކަމަށެވެ. އެއީވެސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ލިބިފައިވާ ޝަކުވާތަކެއް ކަމަށާއި އެމައްސަލަތަކަށް އީސީއިން އެޓެންޑުވެ މައްސަލަ ހައްލުކޮށްފައިވާކަމަށް ފުއާދުވަނީ ވިދާޅުވެފައެވެ.

ފުއާދު ވިދާޅުވީ ވޯޓުލަމުން ދިޔަވަގުތު ލިބިފައިވާ ޝަކުވާތަކަކީ ބައެއް މަރުކަޒުތަކުގައި ވޯޓުލަމުން ދިޔައިރު މީހުން މަރުކަޒުތައް ކަިއރީގައި މަޑުކޮށްގެން ތިބުމާއި، ބައެއް ކެނޑިޑޭޓުން ވޯޓުލާ ހިސާބުގައި ތިބުމާއި އަދި ކިއުގާ ތިބޭ މީހުންނަށް ފިނި ބުއިންތައް ދިނުން ފަދަ މައްސަލަތައްކަމަށާއި އެކަހަލަ ޝަކުވާތައް އީސީގެ ސަމާލުކަމަށް އަންނައިރަށް ހައްލުކޮއްފައިވާ ކަމަށެވެ.

ތިނަދޫ ދާއިރާއެއްގެ ވޯޓުފޮއްޓެއް ކެނޑިޑޭޓުގެ މަންދޫބު ނެތި ގުނިކަމަށް ބުނެ ނޫސްތަކުގައި ފެތުރޭ ހަބަރަށް ޖަވާބުދެއްވާ ފުއާދު ވިދާޅުވީ އެފަދަ ޝަކުވާއެއް އެމަނިކުފާނާ ހިސާބަށް އަދި އައިސްފައި ނުވާކަމަށާއި ވޯޓު ގުނާއިރު ކެޑިޑޭޓުގެ މަންދޫބުން ވޯޓު ގުނާވަގުތު އެތަނުގައި ތިބުމަކީ އެއީ ކެނޑިޑޭޓުގެ ޒިންމާއެއް ކަމަށް ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑާ ހަމައަށް ތި ޝަކުވާ ނުލިބި އޮވެދާނެ އިނގޭތޯ. ކެނޑިޑޭޓުގެ ޒިންމާއެއް ކެނޑިޑޭޓުގެ މަންދޫބެއް އެތަނުގައި ބެހެއްޓުމަކީ. ކޮންމެ ޕާޓީއެއްގެ ވެސް ބޭފުޅުން ބޭތިއްބުމަކީ ޕާޓީގެ މަސްއޫލިއްޔަތެއް،" ފުއާދު ވިދާޅުވި އެވެ.

އާދީއްތަ ދުވަހުގެ އިންތިހާބުގައި މަޖިލީހުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރި އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 284،663 މީހުންނަށެވެ. އޭގެ ތެރެއިން 75 އިންސައްތަ މީހުން ނިކުމެ ވޯޓު ދިނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *