Tuesday, 27 October 2026

މިއީ އެންމެން ގުޅިގެން ގައުމަށް ތަރައްގީ ގެންނަންވީ ވަގުތު: ރައީސް

ދިވެހިން ބޭނުންވާގޮތަށް އެންމެން އެކުގައި ގުޅިގެން ތަރައްގީއާއި ހަމަޖެހުން ގެންނަން މަސައްކަތް ކުރުމަށް ހުރިހާ ރާއްޖޭގެ ސިޔާސީ ވެެރިންނަށް ދައުވަތު ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ބޮޑު ކާމިޔާބީގެ އުފާ ފާޅުކުރުމަށް މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ކުލަގަދަ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ  މިހާރު ރިޔާސީ  އިންތިހާބާއި މަޖިލިސް އިންތިހާބުގައި ދިވެހިން ބޭނުންވާ ގޮތް އަދި ދިވެހިންގެ ރާއްޖެއަށް ދިވެހިން ގެންނަށް ބޭނުންވާ ތަރައްގީ އާއި ހަމަޖެހުން އޮޮތީ އެމަނިކުފާނުގެ މެނިފެސްޓޯގައި ކަމައްވާތީ ދިވެހިން ދެ އިންތިހާބުގައިވެސް ވަނީ އެމަނިކުފާނަށް އިތުބާރު ކުރައްވާ އަގުލަބީޔަތު ދީފައި ކަމަށް ވަރަށް ޝުކުރާއެކު ދެއްނެވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބޭރުގެ ދައުލަތް ތަކަށް ވެސް މިހާރު ރައްޔިތުން ބޭނުންވަނީ ދިވެހިރާއްޖޭގެ ކަންކަން ދިވެހީން ބޭނުންވާ ގޮތަށް ނިންމަން ކަން ސާފުވާނެ ކަމަށާއި އަދި އެތެރޭގައިވެސް އެމަނިކުފާނުގެ ފިކުރާ ތަފާތު މެނިފެސްޓޯތަކާ އެޖެންޑާތަށް ގެންގުޅުއްވި ބެފުޅުންނަށް ވެސް މިހާރުވާނީ ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން އިގިފައިކަމަށްމުން ހިޔާލު ތަފާތުވުން ދޫކޮއް އެކުގައި ގައުމީ މަސައްކަތް ކޮއް ގައުމައް ކުރިއެރުން ހޯދަން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގަތެވެ.

”އަޅުގަނޑު ހަމަ، ވަރަށް އަދަބުވެރިކަމާ އެކީގަ އުފަލާއެކީގަ، ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށް ވެސް ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް ހިންގަވާށޭ ކުރިޔަށް ދާން! މީ އަޅިގަނޑުމެން އެއްމެންގެ ވެސް ގައުމު ހުރިހާ ރައްޔިތެއްގެސް ގައުމު“ ރައީސް މިރޭ ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުން އެމަނިކުފާނުގެ ކުރިގުޅުމަތީގައި ހަމަ ހަމަ ކަމަށާއި ހުރިހާ ރައްޔިތުންނައްވެސް ވަރަށް ގަދަރު ކުރާ ކަމަށް ވާތީ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރައްވާނެ ކަމަށާއި ވަކި ޕާޓީއަކަށް ނިސްޕަތްވެގެ ފިކުރު ތަފާތުވެގެން ސިޔާސީ ފިޔަވަޅު ނާޅާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއްމެންގެ އެކީގައި ރާއްޖެ ތަރައްގީ ކުރަން މަސައްކަތްކޮއް އެއްމެން އެކީގައި ކުރިޔައްދިޔައިމާ މުޅިގައުމައް އަހަރެމެންގެ ފަހުން އައްނަ ޖީލުތަށް އަހަރެމެން މިޔަދު މި ފަށާފެށުމުން އުފާކުރާނެ ދުވަސްތަކަކަށް ހެދުމަށް މަސައްކަތް ކުރުމުގެ ވަގުތުމިވަނީ ޖެހިފައި ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *