ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ދެއްވި އިތުބާރާ އަގުލަބިއްޔަތުގެ ސަބަބުން ދެން އޮތީ ބާރު ސްޕީޑްގައި ވައުދުތައް ފުއްދައި ތަރައްގީ އަމަލީ ސިފައެެއްގައި ގެނައުންކަމަށް މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާދަިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރަން މިރޭ އާޓިފިޝަލް ބީޗްގައި ސަރުކާރު ކޯލިޝަންއިން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް މުއިއްޒު ވިދާޅުވީ ދެން އޮތީ ވޭތުވެދިޔަ ފަސް މަހަށްވުރެ މާ ބާރު ސްޕީޑެއްގައި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމުގެ ދުވަސްތައްކަމަށާ ސަރުކާރުގެ އިސް ވެރިން އުޅެންޖެހޭނީ ތަރައްގީ ގެނައުމުގެ މަސައްކަތުގައި ނުނިދާކަމަށެވެ.
” އަޅުގަނޑުގެ ކެބިނެޓުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެެރިންގެ އިތުރުން އަޅުގަނޑުމެންގެ އިންތިހާބުވި މަޖިލިސް މެމްބަރުންނަށް ދައްނަވާލަން ބޭނުންވަނީ މިވޭތުވެ ދިޔަ ފަސް މަސް ދުވަހަކީ އެޗެއްނޫނޭ ތިބޭފުޅުން ނުނިދައޭ ދެން އުޅެން ޖެހޭނީ“ ރައީސް މިރޭ ވިދާޅުވި އެވެ.
މިދެއްނެވީ އަމަލީގޮތުން މަސައްކަތުގެ މާހައުލުގައި ހުއްޓާލާނެ ވަގުތު ކޮޅެއް ނުލިބޭނެ ވާހަކަ އެހާވެސް ބާރު ސްޕީޑުގައި ރައްޔިތުންނަށް ތަރައްގީ ގެނެސްދީ ތަރައްގީ ކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ އެމަނިކުފާނު ވައުދު ވީ ގޮތައް ރައްޔިތުންންށް ބާރު ސްޕީޑުގައި ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން އެއްމެ އަވަހަށް ފަށައި ރައްޔިތުންނަށް ގެނެސްދޭނެ މުހިއްމު ތަރައްގީއެއްކަމަށް ފާހަގަކުރެއްވީ އެއްމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކުރުން ކަމަށެވެ. އެމަނިކުފާނު ވަނީ އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމުގެޔަގީންކަން މިރޭ ދެއްވާފައެވެ.
ރައީސް އިތުރަށް ވިދާލުވީ ވޭތުވެދިޔަ ފަސް މަސްތެރޭގައި އިގުތިސޯދު ކޮޅައްޖެހުމަށް ކުރެވުނު މަސައްކަތް ވަރައް ގިނަ ކަމަށާއި ނަމަވެސް މިހާރު މަޖިލިސް ކާމިޔާބުވުމުން އިގުތިސާދު ކޮޅައްޖެހި ހުރިހާ ރައްޔިތުމްނަށް މުއްސަދިކަން އަށްނާނެކަމަށެވެ.
އަދި ރައީސްވަނީ ރައްޔިތުން އެދޭ ހަމަޖެހުމާ ތަރައްގީ ގެނައުމުގެ ވައުދު ރައްޔިތުން ބޭނުންވާ ސްޕީޑުގައި އެ ގިޔަރުގައި ގެނެސްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން އެމަނުކުފާނަށް އިތުބާރު ކުރައްވާ މަޖިލިސް ކާމިޔާބު ކޮއްދިނީތީ ޝުކުރު އަދާކޮއްފައެވެ.
އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުއަށް ތާއީދު ކުރާ 73 ކަށްވުރެ ގިނަމެމްބަރުން ވަނީ އިންތިހާބު ކާމިޔާބު ކޮއްފައެވެ.


