Tuesday, 28 July 2026

ތާއީދު އޮތީ ހުސްގޮނޑިއަކަށް ނޫން، ތާއީދު އޮތީ ރައީސަށްކަން މަޖިލިސް އިންތިހާބުން ފެނިއްޖެ: ގާސިމް

ރައްޔިތުން ތާއީދު ކުރަނީ ރައީސް މުއިއްޒަށް ކަމަށާއި ރައްޔިތުންގެ ތާއީދު އޮތީ ކުރީގެ ރައީސް ޔާމީންއަށް ނޫންކަން ހުސް ގޮނޑިއެއް އަދި އިތުރު ބޭފުޅެއްގެ ފޮޓޯ ބޭނުން ނުކޮށް ސަރުކާރުން މަޖިލިސް ނެގުމުން އެބަ އެނގޭ ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާއަށް އައު ދައުރަކަށް އިންތިހާބުވެ ވަޑައިގަތް މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ރޭ އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ޤަބޫލު ކުރާހިތް އޮތީ، 2023 ގެ ރިޔާސީ އިންތިޚާބުވެސް އަދި މިއަދު އޮތް 2024 ގެ މަޖިލީސް އިންތިޚާބުވެސް ކާމިޔާބުވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުޠޫރަތްތެރި ހާލަތެއްގައި، ނުހަނު އިޚްލާޞްތެރި ކަމާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތް ޕުޅުތަކުގެ ނަތީޖާ ކަމަށެވެ.

”އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް ޑރ މުޢިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެވަނީ އެނގި ކަށަވަރުވެފަ“ ގާސިމް އެކްގައި ކުރި ޕޯސްޓްގައި ބުނެފައި ވެއެވެ.

ގާސިމް ވިދާޅުވީ ވިދާޅުވީ މިވަރުގެ ބޮޑު ކެމްޕެއިނެއް ނިމި ކާމިޔާބީއާ ހަމައަށް ވާސިލްވީ އިރުވެސް އެއްވެ ޖަލްސާއެއްގައި ރައީސް ޔާމީން ޖަހާފައިވާ ހުސް ގޮނޑި އަދި އެމަނިކުފާނުގެ ފޮޓޯ ވެސް ފެނިފައި ނުވާކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އެދުމުގެ މަތިން ނޫންކަމުގައި ވިޔަސް މާމިގިލީ ދާއިރާއަށް ސަރުކާރުން ކެނޑިޑޭޓެއް ނުނެރި އެމަނިކުފާނަށް ތާއީދު ކުރަން ނިންމި ނިންމުމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ.

އަދި ގާސިމް ވަނީ ސަރުކާރުން މި ހޯއްދެވި ކާމިޔާބަށް ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ޓީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *