އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުން މަޖިލީހުގައި ސަރުކާރު ނިސްބަތްވާ ކޮލިޝަން ކަމަށްވާ ޕީޕީއެމް/ޕީއެންސީއަށް ލިބުނު ކާމިޔާބީ އާއި ގުޅިގެން މިރޭ ހާއްސަ ޖަލްސާއެއް އޮންނާނެކަމަށް ޕީއެންސީއިން ހާމަކޮށްފިއެވެެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިރޭ ބާއްވާ މި ބޮޑު ޖަލްސާއަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
އެ ޕާޓީއިން ބުނިގޮތުގައި ދިވެހި ރައްޔިތުންނަށް މަރުހަބާ އާއި ޝުކުރުއަދާކުރުމުގެ ގޮތުން ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ 8:30ގައި އާޓިފިޝަލް ބީޗުގައެވެ.
ރައްޔިތުން މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކޯލިޝަނުން ވަނީ 71 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ.


