Tuesday, 28 July 2026

ނިލަންދޫ ދާއިރާގެ ގޮނޑި ރައީސްގެ ކޮއްކޯފުޅު ސައުދާ އަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ، 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

ނިލަންދޫ ދާއިރާއަށް ދެ ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެއީ ސައުދާގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރަޝީދެވެ.

ސައުދާ މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ 251 ވޯޓުންނެވެ. އަހުމަދު ރަޝީދަށް ލިބުނީ 167 ވޯޓެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް ސަރުކާރު ތަމްސީލުކުރާ ޕާޓީ ޕީއެންސީގެ އިތުރުން މައި އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްއިންވެސް ވަނީ ވާދަކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *