Tuesday, 28 July 2026

މަޖިލީހުގެ ރައީސް އަސްލަމް އާއި އީވާގެވެސް ގޮނޑި ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރެއްވި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނުއިރު، އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ. ސިނާންއާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމް އެވެ.

މީގެއިތުރުން ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދެވަނަ ދައުރަކަށް ވާދަކުރެއްވި މެމްބަރު އީވާ އަބްދުﷲ ގެ ވެސް ގޮނޑިވަނީ ގެއްލިފައެވެ.

19 ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވާ އީވާއަށް ގޮނޑި ގެއްލުނުއިރު، އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް ސަރުކާރު ތަމްސީލުކުރާ ޕާޓީ ޕީއެންސީގެ އިތުރުން މައި އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސްއިންވެސް ވަނީ ވާދަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *