Tuesday, 28 July 2026

އަބްދުއްރަހީމް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފި!

ފޮނަދޫ ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކާމިޔާބު ކުރައްވައިފިއެވެ.

ފޮނަދޫ ދާއިރާއަށް މިއިންތިހާބުގައި އަބްދުއްރަހީމްގެ އިތުރުން އެމްޑީޕީއާއި ޑިމޮކްރެޓްސްގެ އަދި އަމިއްލަ ގޮތުންވެސްވަނީ ދެ ކެނޑިޑޭޓަކު ވާދަކޮށްފަ އެވެ.

މިހާތަނަށް ކަށަވަރު ކުރެވިފައިވާ ނަތީޖާއިން ދައްކާގޮތުން ވަރަށް ބޮޑުތަނުން ކުރީގައި އުޅުއްވަނީ އަބްދުއްރަހީމް އެވެ. އެމަނިކުފާނަކީ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެވެސް ފޮނަދޫ ދާއިރާގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅެކެވެ.

މީގެ އިތުރުންވެސް މިހާތަނަށް ލިބުނު ނަތީޖާއިން ސަރުކާރު ހިންގާ ޕާޓީއިން ވަނީ މަޖިލީހުގެ މެޖޮރިޓީ ހޯދާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *