Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ - ޕީއެންސީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް

މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އިން ހޯދައިފިއެވެ.

މިރޭ 8 ޖެހުމާ ހަމައަށް 93 ގޮނޑީގެ ތެރެއިން ޕީއެންސީން ވަނީ 50 ގޮނޑި ހޯދައިފައެވެ. 368 ކެޑިޑޭޓުން ވާދަކުރި މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 10 ގޮނޑިއެވެ.

މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑިއަށްވާއިރު، ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ގޮނޑިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މީގެ ކުރިން އެމްޑީޕީން ކާމިޔާބު ކުރަމުން އައި އަދި ދާއިމީކޮށް ދިފާޢުކުރަމުން ދިޔަ ބައެއް ގޮނޑިތައްވެސް ކޮންގްރެސް ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ. މިވަގުތު ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓިއާއި މާލެ ސިޓީގެވެސް ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕާޓީގެ ކެނޑިޑޭޓުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *