ވޯޓް ކިއުތައް ބަންދުކޮށް މަރުކަޒުތަކުގައި ވޯޓު ގުނަން ފަށާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާދަވެރި އިންތިހާބަކަށް ފަހު ބައެއް މަރުކަޒުތަކުގައި ވަނީ ވޯޓު ގުނަން ފަށާފައެވެ. އަދި ވަރަށް އަވަހަށް ނަތީޖާ ލިބޭނެކަމަށް މައުލޫމާތު ލިބެއެވެ.
ވަގުތު ހަމަވިއިރު މީހުން ކިއުގައިތިބުމުގެ ސަބަބުން ގަޑިއަށް ބަންދު ނުކުރެވި 200 އެއްހާ ވޯޓުފޮށި ހުރިކަމަށް އީސީއިން މައުލޫމާތުދެއެވެ.
93 ދާއިރާއަކުން 368 ކެޑިޑޭޓުން ވާދަކުރާ މި އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ.
އީސީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 207،693 މީހުންނެވެ. އެއީ 72.96 ޕަސެންޓުގެ އަދަދެކެވެ.


