މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުން މަޖިލީހުގައި ވޯޓުލުމަށް ދީފައިވާ ވަގުތު ހަމަވެ، ގިނަ ސެންޓަރުތަކެއްގެ ކިއުތައް ބަންދުކޮށްފި އެވެ.
93 ދާއިރާއަކުން 368 ކެޑިޑޭޓުން ވާދަކުރާ މި އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ.
އީސީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 181،406 މީހުންނެވެ. އެއީ 63.73 ޕަސެންޓުގެ އަދަދެކެވެ.
. އެ ހިސާބުތަކުން ދައްކާ ގޮތުން 36.27 ޕަސެންޓު މީހުން ހަތަރެއް ޖެހުމާ ހަމައަށް ވޯޓު ނުލާ ތިއްބެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ޖުމުލަ އަދަދަކީ 284،663 އެވެ.


