ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ ބްލޫޓައިޑް އޮޕަރޭޝަންގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހު އިންތިހހާބުގެ ވޯޓުލުމުގެ ގަޑި ކުޑަތަންވެގެން އައިއިރު މިހާތަނަށް ހައްޔަރުކުރެވިފައިވަނީ ތިން މީހުން ކަމަށާއި އެތަނުން 2 މީހަކު ހައްޔަރު ކުރީ ގދ. ފިޔޯރީއިންކަމަށް ފުލުހުން ބުނެއެވެ. ދެން ހައްޔަރުކުރި މީހާ ހައްޔަރު ކޮއްފައިވަނީ މާލެއިންނެވެ.
ފިޔޯރީން ހައްޔަރުކުރި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވޯޓުލުމަށް ހުރަސްއަޅާ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލުމުގެ ކުށުގައެވެ.
މާލެއިން ހައްޔަރު ކުރި މީހާ ހައްޔަރުކުރީ ވޯޓު ކަރުދާސް ދެއްކިކަމުގެ މައްސަލާގަ އެވެ.


