Tuesday, 28 July 2026

ވޯޓުލީ މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިއަދުގެ 13:00 އާއި ހަމަޔަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 113،627 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިޙާތަނަށް 51،976 އަންހެނުންނާއި 61،651 ފިރިހެނުން ވަނީ ވޯޓުލާފައެވެ. ވޯޓުނުލާ ޖުމްލަ މިހާރު ތިބީ 171،036 މީހުންނެވެ.

މިހާތަނަށް ވޯޓުލާފައި ވަނީ %39.92 މީހުންނެވެ.

އިރާއަށް 368 ކެޑިޑޭޓުން ވާދަކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ ހުރިހާ މަރުކަޒު ތަކެއްގައިވެސް ވަނީ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަނީ ފަށާފައެވެ. އަދި ވޯޓުލާ ކިއުތައް 5:30 ގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ އީސީއިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *