މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިޔަށް ދަނީ ވަރަށް އަމަންކަމާއެކުގައި ކަމަށާއި އަދި މައްސަލައެއް ފެނިފައިނުވާ ކަމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.
އެޗްއާރުސީއެމުން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބު އޮބްޒާވް ކުރަމުން ދިއުމުގެ ތެރޭގައި އަދި މައްސަލައެއް ދިމާވެފައިނުވާކަމަށެވެ. ނަމަވެސް ވޯޓްލާން ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށިފައިވަނިީ ކަނޑައެޅިފައިވާ ވަގުތަށް ވުރެ ތަންކޮޅެއް ލަހުން ކަމަށެވެ.
ކަނޑައެޅިފައިވާ ގަޑި ކަމަށްވާ ހެނދުނު 8:00 ގައި ފެށިފައިވަނީ ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން %77 މަރުކަޒުގައި ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. ވޯޓުލުން ލަހުން ފެށުނު މަރުކަޒުތަކުގައި ލަހުން ފެށުނު ސަބަބެއް ކަމަށް އެ ކޮމިޝަނުން ފާހަގަ ކުރެއްވީ ވޯޓްލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ތިއްބަވާ މީހުން ތައްޔާރީތައް ވުމުގައި ލަސްވުން ކަމަށެވެ.
އެޗްއާރުސީއެމުން މަޖިލިސް އިންތިހާބުގެ ކަންކަން އޮބްޒާވްކުރަމުން ދިޔުމުގެތެރޭގައި އެންމެލަހުން ވޯޓްލާން ފެށުނު ފޮށީގެ ވޯޓްލުން ފެށިފައިވަނީ 8:35ގައި ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.


