މިއަދުގެ ހޫނުމިން ހުރީ 44 ޑިގުރީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މެޓު އޮފީހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދު ހެނދުނު 11:00 ގައި މާލެ ސަރަހައްދުގެ އަސްލު ހޫނުމިން ހުރީ 32.7 ޑިގްރީގައި ހުރިއިރު، މާލެ ސަރަހައްދުގެ އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.2 ޑިގްރީ ސެލްސިއަސްގައެވެ.
މެޓު އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މޫސުންވެސް ހުރީ ވަރަށް މަތީގަ އެވެ. އޭގޮތުން ހަނިމާދޫގެ އަސްލު ހޫނުމިން 32.8 ޑިގްރީގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.7 ޑިގްރީގަ އެވެ. އަދި ކާޑެއްދޫގައި އަސްލު ހޫނުމިން 31.6 ޑިގްރީ ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ 42.2 ޑިގްރީގަ އެވެ. ހަމައެހެންމެ، އައްޑޫ ގަމުގެ ހޫނުމިން 31.4 ޑިގްރީގައި ހުރިއިރު، އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.1 ޑިގްރީގައެވެ.
މެޓުން ވަނީ ކުރިއަށް އޮތް ދެ ދުވަހު މާލެ ސަރަހައްދަށް ގުގުރުމާއެކު ވާރޭވެހޭނެކަމަށް ބުނެފައެވެ. އަދި މިއަދު ހުޅަނގު އުތުރުން ކަނޑު ޢާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް ބުނެފައި ވެއެވެ.


