Tuesday, 28 July 2026

އިންތިހާބުގެ ކަންކަން އޮބްޒާވްކުރުމަށް އެޗްއާރުސީއެމުން ހަރަކާތްތެރިވަނީ

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ވޯޓުލާ ގިނަ މަރުކަޒު ތަކެއް އޮބްޒާވް ކުރަމުންދާ ކަމަށް ބުނެފި އެވެ.

މަޖިލިސް އިންތިހާބުގައި ގުރޭޓާ މާލެ އޭރިޔާގެ އިތުރުން 18 އަތޮޅެއްގެ 35 ރަށާއި 1 ޖަލެއްގައި ބެހެއްޓިފައިވާ ވޯޓް ފޯށިތަށް ކައިރީގައި އެކޮމިޝަނުން އޮބްޒާވް ކުރަމުންދާނެ ކަމަށް އެކޮމިޝަނުން އެކްސްގައި ކުރި ޓުވީޓެއްގައި ވަނީ ބުނެފަ އެވެ.

މި އިންތިހާބުގައި އަތޮޅުތެރޭގެ 93 މަރުކަޒަކާއި، ގުރޭޓާ މާލޭގެ 168 މަރުކަޒަކާއި، ޖަލުގައި ބެހެއްޓޭ 2 މަރުކަޒެއް ހިމެނޭގޮތުން ޖުމްލަ 263 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް އެޗްއާރުސީއެމްއިން އޮބްޒާވް ކުރާނެއެވެ.

އަތޮޅުތެރޭގެ 23 މަރުކަޒަކާއި، ގުރޭޓާ މާލޭގެ 16 މަރުކަޒަކާއި، މާފުށީ ޖަލުގައި ބެހެއްޓޭ ވޯޓުލާ މަރުކަޒު ހިމެނޭގޮތަށް މެދުކެނޑުމެއްނެތި ހެނދުނު 6:30 ފެށިގެން ވޯޓުލާމަރުކަޒެއްގައި ނަތީޖާ އިއުލާންކޮށް ނިމުމާ ހަމަޔަށް 40 މަރުކަޒެއް ދަނީ އޮބްޒާވް ކުރަމުންކަމަށާއި މީގެ އިތުރުން، އެކިއެކި ވަގުތުތަކުގައި މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން އަތޮޅުތެރޭގެ 70 މަރުކަޒަކާއި ގްރޭޓާމާލޭގެ 152 މަރުކަޒަކާއި މާފުށީ ޖަލު ހިމެނޭގޮތަށް 223 މަރުކަޒެއް ގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ދަނީ އޮބްޒަރވްކުރަމުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މި މަސައްކަތްތަކުގައި އެކޮމިޝަނުގެ 73 މުވައްޒިފެއް ދަނީ ބައިވެރިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *