Tuesday, 28 July 2026

މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު 70،949 އަށް

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިއަދުގެ ހެނދުނު 11:00 އާއި ހަމަޔަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 70،949 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިޙާތަނަށް 29،762 އަންހެނުންނާއި 41،187 ފިރިހެނުން ވަނީ ވޯޓުލާފައެވެ. ވޯޓުނުލާ ޖުމްލަ މިހާރު ތިބީ 213،714 މީހުންނެވެ.

މިހާތަނަށް ވޯޓުލާފައި ވަނީ %24.92 މީހުންނެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބު

93 ދާއިރާއަށް 368 ކެޑިޑޭޓުން ވާދަކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ ހުރިހާ މަރުކަޒު ތަކެއްގައިވެސް ވަނީ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަނީ ފަށާފައެވެ. އަދި ވޯޓުލާ ކިއުތައް 5:30 ގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ އީސީއިން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *