މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިއަދުގެ ހެނދުނު 10:00 އާއި ހަމަޔަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 47،296 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިޙާތަނަށް 17،885 އަންހެނުންނާއި 19،411 ފިރިހެނުން ވަނީ ވޯޓުލާފައެވެ. ވޯޓުނުލާ ޖުމްލަ މިހާރު ތިބީ 237،367 މީހުންނެވެ.

މިހާތަނަށް ވޯޓުލާފައި ވަނީ %16.61 މީހުންނެވެ.
93 ދާއިރާއަށް 368 ކެޑިޑޭޓުން ވާދަކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ ހުރިހާ މަރުކަޒު ތަކެއްގައިވެސް ވަނީ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަނީ ފަށާފައެވެ. އަދި ވޯޓުލާ ކިއުތައް 5:30 ގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ އީސީއިން ވަނީ ބުނެފައެވެ.


