މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިއަދުގެ ހެނދުނު 9:00 އާއި ހަމަޔަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 24،703 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިޙާތަނަށް 7،803 އަންހެނުންނާއި 16،900 ފިރިހެނުން ވަނީ ވޯޓުލާފައެވެ. ވޯޓުނުލާ ޖުމްލަ މިހާރު ތިބީ 259،960 މީހުންނެވެ.
މިހާތަނަށް ވޯޓުލާފައި ވަނީ %8.68 މީހުންނެވެ.
93 ދާއިރާއަށް 368 ކެޑިޑޭޓުން ވާދަކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ ހުރިހާ މަރުކަޒު ތަކެއްގައިވެސް ވަނީ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަނީ ފަށާފައެވެ. އަދި ވޯޓުލާ ކިއުތައް 5:30 ގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ އީސީއިން ވަނީ ބުނެފައެވެ.


