އަސްކަރީ ޑްރޯން ބޭނުންކޮށްގެން ހިންގި ފުރަތަމަ އޮޕަރޭޝަން ކާމިޔާބުކޮށް މަސްވެރިކަމުގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހުނާއި ދޯނި ޑްރޯންގެ އެހީގައި ހޯދައިފި އެވެ.
އިއްޔެ ހަވީރު މަހަށް ނުކުތް މ ދިއްގަރު ފަރިހި 2 ނަމަކަށް ކިޔާ ދޯނި ގެއްލިގެން ރޭ 22:06 ހާއިރު ފުލުހުންގެ އިދާރާއަށް ރިޕޯޓް ކުރުމާއެކު އެމްއެންޑީއެފް އަދި ފުލުހުން ދިޔައީ ސަލާމަތީ ބާރުތަކުގައި ހުރި އެއްމެހާ ވަސީލަތެއް ބޭނުންކޮއް އެދޯންޏާއި އެދޯނީގައި މަހައްދިޔަ 3 ފިރިހެނުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ގެއްލިގެން ހޯދަމުންދިޔަ މަހަށް ނުކުމެ އުޅުނު ދޯނި ފެނުނީ އެމްއެންޑީއެފްއަށް މި ފަހުން ގެނައި ޒަމާނީ ޑްރޯންގެ އެހީގައި ބަލަމުންދަނިކޮށް އިންޖީނު ހުއްޓިގެން ބޭރަށް އޮޔާ ދަމަނިކޮށް މ އަތޮޅުން 23 މޭލު ބޭރުންނެވެ.
އެމްއެންޑީއެފްގެ މީޑިއާ އިން ވެސް ވަނީ މި ދޯނި ފެނިފައިވާކަން ޔަގީންކޮށްދީފަ އެވެ. އަދި ދޯނި ކައިރި އަށް ސިފައިންގެ އުޅަނދެއް ދަތުރު ކުރަމުންދާކަމަށް ބުނެފައިވެ އެވެ. ސިފައިން ބުނީ ދޯނި ފެނިފައި ވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި ވަނިކޮށް ކަމަށެވެ. ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ.
މ އަތޮޅު މަޑުއްވަރީ މަހައް ނުކުމެ އުޅެނިކޮއް ގެއްލިފައިވާ މި އުޅަދަކީ ކ މާފުށީ ޑައިވް އޯނަރު އަދި ސީ ސްޕޯޓްގެ ވިޔަފާރި އެއްމެ ފުޅާދާއިރާއެއްގައި ކުރާ އެއް ބޭފުޅެއް ކަމައްވާ ޒުވާން ވިޔަފާރި ވެރިޔާ އާސިމް މުޙައްމަދުފުޅު (ސިމްބެ) ގެ ދޯންޏެއްކަމަށާއި އެދޯނީގައި ސިމްބެ ވެސް ހުރިކަމަށް ހަބަރުތައް ބުނެ އެވެ.


