Tuesday, 28 July 2026

ރާއްޖެއަށް ތާރީހީ މޮޅެއް! ސްޕެޝަލް އޮލިމްޕިކްގައި ރާއްޖެއިން އިންޑިޔާ ބަލިކޮށްފި!

އޭޝިއާ ޔުނިފައިޑް ސްޕެޝަލް އޮލިމްޕިކް ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އަތުން އިންޑިޔާ ބަލިވެ، ރާއްޖެ ތާރީހީ މޮޅެއް ހޯދައިފިއެވެ.

އަވައްޓެރި ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިޔަށްދާ ސްޕެޝަލް އޮލިމްޕިކު ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ސްޕެޝަލް އޮލިންޕިކުގައި ހޯދި ފުރަތަމަ މޮޅުގައި އިއްޔެވަނީ 2-4 އިން އިންޑިޔާ ބަލިކޮއްފައެވެ.

ޑާކާގެ ބަޝުންދަރާ އެރީނާގައި ކުޅުނު މެޗުގައި ރާއްޖޭގެ ހުމައިދު ވަނީ ހެޓްރިކް ހަދައިފަ އެވެ. ދިވެހި ޓީމުގެ އަނެއް ލަނޑު ޖެހީ އަޝްހަމް އެވެ.

”މި ހިތްވަރުގަދަ ފަހުލަވާނުނަން ސާބަސް، ދަނޑުގައި ދެއްކި މިސާލާއި ކުޅުނު މޮޅު ކުޅުމަށް އައްސެރިބަހާއި ސާބަސް. ރާއްޖެ އަށް ކޮންފަދަ އާދަޔާ ހިލާފު ދުވަހެއް “ ރާއްޖެ ޓީމުން ހޯދި މި މޮޅާއި ގުޅިގެން ސްޕެޝަލް އޮލިންޕިކް މޯލްޑިވްސްއިން ނެރުނު ސްޓޭޓްމަންޓްގައި ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *